Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ކާލަމާ: ބްލޫބެރީ ކޮބްލާ

Photographer: Frederick Hardy II, Food Stylist: Ana Kelly, Prop Stylist: Hannah Greenwood

* ބޭނުންވާ ތަކެތި:

ބެރީ މިކްސް ތައްޔާރުކުރަން

4 ޖޯޑު ބްލޫ ބެރީ
3 މޭޒުމަތީ ސަމުސާ ހަކުރު
1/3 ޖޯޑު އޮރެންޖު ޖޫސް (ފްރެޝް)

ކޮބްލާ ތައްޔާރުކުރަން

½ ޖޯޑު ބަޓަރު (ފިނި ކަނޑުވާފައި)
½ ޖޯޑު ހަކުރު
1 ބިސް
½ މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
2/3 ޖޯޑު ފުށް
¼ މޭޒުމަތީ ސަމުސާ ބޭކިން ޕައުޑާ
ކުޑަ ލޮނުކޮޅެއް

ސާވްކުރަން

އައިސްކްރީމް (ވެނީލާ)

ތައްޔާރުކުރަނެ ގޮތް :

ފުރަތަމަ އަވަން 200 އަށް ޖައްސާލާށެވެ. ދެން ޓްރޭއެއްގައި ބަޓަރުކޮޅެއް އުގުޅާލާށެވެ.

* ބެރީޒް ތައްޔާރުކުރާނެ ގޮތް:

ބޯތައްޓެއްގައި ބެރީޒް، ހަކުރު އަދި އޮރެންޖް ދިޔަ އެއްކޮށްލާށެވެ. ދެން ކުރިން ބަޓަރު އުގުޅި ޓްރޭގެ ތެރެއަށް އަޅާލާށެވެ.

* ކޮބްލާ ތައްޔާރުކުރާނެ ގޮތް:

ވަކިން އެހެން ބޯތައްޓެއްގައި ހަކުރާއި ބަޓަރު ޕޭސްޓް ގަނޑެއްހެން އެއްވަންދެން އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބިހާއި ވެނީލާ އެސެންސް އަދި ފުށާ، ބޭކިން ޕައުޑ އަދި ލޮނު އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން ޓްރޭއަށް އެޅި ބެރީތައް މައްޗަށް އަޅައި ފަތުރާލުމަށް ފަހު، އަވަނަށްލާ 35-40 މިނެޓު ވަންދެން ކޮބްލާ ފިހެލާށެވެ.

ސާވްކުރާ އިރު މިއީ ވެނީލާ އައިސްކްރީމާ އެކު މީރުވާނެ އެވެ.