Last Updated: July 1, 23:03
Wednesday, July 2, 2025
ވިޔަފާރި

ޓްވިޓާ އަށް އަގެއް ދައްކަން ޖެހިދާނެކަމުގެ އިންޒާރެއް!

ޓްވިޓާ ބޭނުންކުރުމުގައި ސަރުކާރުތަކާއި ވިޔަފާރިތަކަށް ފީއެއް ދައްކަން ޖެހިދާނެކަމުގެ އިންޒާރެއް އީލޮން މަސްކް ދެއްވައިފި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން 44 ބިލިއަން ޑޮލަރަށް އެ ބައްލަވައިގަތް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޓްވިޓާ ބޭނުންކުރާ އާންމުންނަށް އަބަދު ވެސް ހިލޭ އެ ބޭނުންކުރެވޭނެ ކަމަށެވެ.

"[އެކަމަކު] ވިޔަފާރިތަކާއި ސަރުކާރުތަކަށް ޓްވިޓާ ބޭނުންކުރުމުގައި ކޮންމެވެސް ވަރެއްގެ އަގެއް ދައްކަން ޖެހިދާނެ." އީލޮން ވިދާޅުވި އެވެ.

އޭނަގެ މި ވާހަކަތަކާ ގުޅިގެން ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި މިހާރު ވަނީ ބޮޑު ބަހުސެއް ވެސް ފެށި އެވެ.

ޓްވިޓާ އަކީ އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރެއިން އެކައްޗެކެވެ. އެކަމަކު އެ ބޭނުންކުރާ މީހުންގެ ތެރެއިން ބޮޑު ޕަސެންޓޭޖަކީ ހައި ޕްރޮފައިލް މީހުންނެވެ. ހާއްސަކޮށް ސިޔާސީ ލީޑަރުންނާއި ނުފޫޒު ފަދަ ވިޔަފާވެރިންނާއި މަޝްހޫރު މީސްމީހުންނާއި ވިޔަފާރިތަކާއި ސަރުކާރުތައް ހިމެނެ އެވެ.

އީލޮންގެ ވާހަޖަތަކާ ގުޅިގެން ޓްވިޓާގެ ބޯޑުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.