Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ފަރަށް ލިބުނު ގެއްލުމަކަށް 198،000ރ. ގެ ޖޫރިމަނާއެއް

ހުޅުމާލޭގެ އިރުމަތީ ފަރާތު ފަރު ބޭރުގައި ސާވޭތަކެއް ކުރަމުން ދަނިކޮށް "އޯޝަން ސާވެޔާ" ކިޔާ އުޅަނދަކުން ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ފަރަށް ގެއްލުންތަކާ ގުޅިގެން ޖޫރިމަނާކުރީ 198,112.73ރ. އިން ކަމަށެވެ. އަދި އެ ފައިސާ މަސް ދުވަހުގެ ތެރޭގައިދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އޭޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ޖޫރިމަނާކުރީ "އޯޝަން ސާވެޔާ" ގައި ބޭނުންކުރަމުން އައި HiPAP ސިސްޓަމްގެ USBL ޕޯލާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު ފަރުގައި ޖެހިފައިވާކަން އެ ފަރާތުން ފޮނުވި މައުލޫމާތު އެނގިފައިވާތީ ކަމަށެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާ ގުޅިގެން މިދިޔަ މަހުގެ 13 ގައި އެ ސަރަޙައްދަށް ފީނައިގެން ކުރި ސާވޭގައި ވެސް ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.