Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

ޔާމީން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން -

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.

ޔާމީން ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވީ މިރޭގެ ވަގުތެއްގަ އެވެ.

ބިސްމީގެ ބަރަކާތުން ޔާމީންގެ ފުރަތަމަ ޓްވިޓާ ކުރެއްވިއިރު ދެވަނަ ޓްވީޓުގައި ވަނީ ގައުމީ ދިދައާއެކު ދިވެއްސަކަށް ވީތީ ފަހަރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ޔާމީންގެ ޓްވިޓާ އެކައުންޓުގައި މިވަގުތު 100 އަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު އެމަނިކުފާނު ހަމައެކަނި ފޮލޯ ކުރައްވާފައިވަނީ ޕީޕީއެމްގެ އެކައުންޓެވެ.

ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނެއް ޓްވިޓާ ބޭނުން ކުރައްވަމުން ގެންދަވާއިރު، ޓްވިޓާ އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.