Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އޭޝިއަން ގޭމްސް ފަސްކޮށްފި

މި އަހަރުގެ އޭޝިއަން ގޭމްސް ބާއްވަން ހަމަޖެހިފައިވާ ޗައިނާގައި ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތުން އެ މުބާރާތް ފަސްކުރަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ބުނީ ސެޕްޓެމްބަރު މަހުގެ 10-25 އަށް ޗައިނާގެ ހަންގްޒޯގައި ބާއްވަން އޮތް 19 ވަނަ އޭޝިއަން ގޭމްސް ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ނިންމުމަކީ ޗައިނާގައި ކޮވިޑްގެ ހާލަތު އަދިވެސް ގޯސްކޮށް އޮތުމާ އެކު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުންޏެވެ.

މުބާރާތް ފަސްކޮށް އޯސީއޭ އިން އިން ނެރުނު ބަޔާނެއްގައި ބުނީ އޭޝިއަން ގޭމްސް ދެން ބާއްވާނެ ތާރީހެއް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކާ މަޝްވަރާކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

"މުބާރާތް ފަސްކުރި އިރު ވެސް މުބާރަތް ބާއްވަން ހޮންގްޒޯ ސިޓީގެ އޭޝިއަން ގޭމްސްގެ އިންތިޒާމު ކޮމިޓީން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި." ބަޔާނުގައި ބުންޏެވެ.

ކޮވިޑުން އަރައިގަތުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ޗައިނާގައި ފެބްރުއަރީގައި ވިންޓަ އޮލިމްޕިކްސް އަދި މާޗްގައި ޕެރަލިމްލިކްސް ބޭއްވި އެވެ.

އޭޝިއަން ގޭމްސް އަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން އޭޝިއަން ގޭމްސް ބޭއްވީ 2018 ގައި އިންޑޮނީޝިއާގަ އެވެ.