Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

އުމްރާ އަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

އުމްރާ އަށް ދިޔަ ދިވެއްސަކު އަނެއްކާ ވެސް ނިޔާވެއްޖެ އެވެ.

ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްގެ ފަރާތުން އުމްރާ އަށް ގޮސް ހުއްޓައި ބަލިވެގެން އެޑްމިޓްކޮށް ފަރުވާދެމުން ދެނިކޮށް މިއަދު ނިޔާވީ ރ. މީދޫ ސައީދު ޔޫސުފް (ސައީދުބެ)، 71، އެވެ.

ޒަމްޒަމް ގްރޫޕުން ބުނީ އޭނާ ނިޔާވީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވި އެވެ. އެއީ ބ. އޭދަފުށީ، މާބަގީޗާގޭ އަބޫބަކުރު ހަސަން، 76، އެވެ.