Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޓެލެމެޑިސިންގެ ހިދުމަތް އަލުން ފުޅާކުރަނީ

ޓެލެމެޑިސިންގެ ހިދުމަތް ރާއްޖޭގައި އަލުން ފަށައި، ފުޅާކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި ހިދުމަތް ކުރިން ރާއްޖޭހެ ބައެއް ސަރަހައްދުތަކުގައި ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
އޭރު ދަސަން ހެލްތު ކޯޕަރޭޝަންގެ ފަރާތުން ހިތަދޫގެ އޭރުގެ ރީޖަނަލް ހޮސްޕިޓަލް އެޗްއާރްއެޗް) ގައި ވެސް ޓެލެމެޑިސިންގެ ހިދުމަތް ފެށި އެވެ. އެކަމަކު މާ ގިނަ ދުވަހެއް މުވެ މި ހިދުމަތް ރާއްޖޭގައި ހުއްޓުމަކަށް އަ އެވެ. ޓެލެމެޑިސިންގެ ހިދުމަތަކީ ރަށުގައި ތިބެގެން ރަށުން ބޭރުގައި ހިދުމަތްދޭ ޑޮކްޓަރުންނާއި ވާޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ނިޒާމެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އަލުން ޓެލެމެޑިންގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަަމުން އަންނަ ކަމަށެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޓެލެމެޑިސިންގެ މުހިންމުކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިލާން ޖެހުނު ލޮކްޑައުން ހެދި ކަމަށެވެ. އެހެންވިެ ސިއްހީ ދާއިރާ އަށް ގެންނަ ކުރިއެރުންތަކުގެ ތެރެއިން މުޅި ރާއްޖެ އަށް އަލުން ޓެލެމެޑިސިންގ ފުޅާކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި މި ފަހަރު އެންމެ ފުރަތަމަ ޓެލެމެޑިސިންގެ ހިދުމަތް ފަށާނީ ފ. އަތޮޅުގަ އެވެ. އެގޮތުން މީގެ ޕައިލެޓް ޕްރޮޖެކްޓް އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅު އެވެ.

"އަޅުގަނޑުމެން ދުރުގައި ތިބެގެން ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިފިން. މިއީ މީގެ ކުރިން ނުހިނގާ އޮތް ކަމެއް،" އާދިލް ވިދާޅުވި އެވެ. "އޭގެ މުހިންމުކަމާއި ބޭސް ސިޓީ ފޮނުވައިގެން ބޭސް ނެގުމާ އަދި ޑޮކްޓަރަށް ދެއްކުމުގެ ޓެލެ ކޮންސަލްޓޭޝަނަކީ އެންމެ މުހިންމު އެއް ވަސީލަތްކަން މި ކޯވިޑާ ގުޅިގެން މުޅި ދުނިޔެ އަށް ވެސް ހާމަވެގެން ގޮސްފައި."

ސަރުކާރުން އަލުން ރާއްޖެ އަށް ޓެލެމެޑިސިންގެ ހިދުމަތް ތައާރަފުކުރަން ތައްޔާރީތައް ވަމުން އަންނަ އިރު އައްޑޫ ފޭދޫގައި ހިންގާ އެއިމް ކްލިނިކުން 2019 ގައި މި ހިދުމަތް ތައާރަފުކޮށްފައިވެ އެވެ. އެއީ އިންޑިއާގެ އިންޑިއާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލާ ގުޅިގެންނެވެ.

މީގެ ދެ އަހަރު ކުރިން ތ. ވިލުފުށި ސިއްހީ މަރުކަޒުގައި ވެސް ޓެލެމެޑިންގެ ހިދުމަތް ތައާރަފުކުރި އެވެ.