Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ސަރަހައްދީ ޓެނިސް މުބާރާތް ފަށައިފި

"ސައުތު އޭޝިއަން ޖޫނިއަ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" ހުޅުވުމުގެ ރަސްމިއްޔާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ އިފުތިތާހުކޮށް ދެއްވައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި މި ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ރޭ ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލުކުރި ޑަބަލްސް މެޗް އަދި ރާއްޖެއާ ސްރީލަންކާ ބައްދަލުކުރި ޑަބަލްސް މެޗް ވެސް ބައްލަވާލައްވައިފަ އެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ ހަތް ޤައުމެއްގެ ޖޫނިއާ އެތުލީޓުން ބައިވެރިވާ، "ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" މުބާރާތް ކުރިއަށް ދާނީ މި މަހުގެ މި މަހުގެ 12 އާ ހަމައަށެވެ.

މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެ އެވެ.