Last Updated: July 12, 05:49
Saturday, July 12, 2025
ދުނިޔެ

އެފްބީން ބައެއް ލޮކޭޝަން ޓްރެކިން ފީޗާތައް ހުއްޓާލަނީ

ބޭނުންކުރާ މިންވަރު ދަށްވުމާ ގުޅިގެން ފޭސްބުކްގެ ބައެއް ލޮކޭޝަން ޓްރެކިން ފީޗާތައް ހުއްޓާލަން ނިންމައިފި އެވެ.

މެޓަގެ ދަށުން ހިންގާ ފޭސްބުކުން ބުނީ މި މަހުގެ 31 އިން ފެށިގެން "ނިއަބައި ފްރެންޑްސް" އާއި "ވެދާ އެލާޓްސް" އާއި "ލޮކޭޝަން ހިސްޓްރީ" ގެ އިތުރުން "ބެކްގްރައުންޑް ލޮކޭޝަން" ގެ ޓްރެކިން ފީޗާ ހުއްޓައިލާނެ ކަމަށެވެ. އަދި އެ ހުއްޓައިލުމަށް ފަހު އަންނަ މަހުގެ 1 ގައި ރައްކާކޮށްފައިވާ ލޮކޭޝަން ޑޭޓާތައް ވެސް ނައްތައިލާނެ ކަމަށް ފޭސްބުކުން ބުންޏެވެ.

އެތަނުން ބުނީ ބައެއް އެއްޗެހީގެ ލޮކޭޝަން ޓްރެކިން ފީޗާ ހުއްޓައިލި ނަމަވެސް، އެ ފީޗާ އެއްކޮށް ހުއްޓާލަން ނިންމާފައި ނެތް ކަމަށެވެ. އެހެންވެ "ރައްކާތެރިކަމަށްޓަކައި" ބައެއް އެއްޗެހީގައި ލޮކޭޝަނާ ބެހޭ މައުލޫމާތު އެއްކުރުމަކީ ކުރަމުން އަންނާނެ ކަމެއް ކަމަށް ފޭސްބުކުން ބުންޏެވެ.