Last Updated: July 16, 00:49
Tuesday, July 15, 2025
ޚަބަރު

ސީއެމްޑީއޭގެ ޓްރޭނިން ޕްރޮގްރާމަކަށް ހުޅުވާލައިފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ސެކިއުރިޓީޒް އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ފަންޑް މެނޭޖްމަންޓް އެންޑް ކަސްޓޯޑިއަލް ސާވިސަސް ޓްރެއިނިން" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީއެމްޑީއޭ އިން ބުނީ 30 މީހަކަށް ޖާގަ ދީގެން ކުރިަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން 1،500ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 22 ކަމަށެވެ.

"ފަންޑް މެނޭޖްމަންޓް އެންޑް ކަސްޓޯޑިއަލް ސާވިސަސް ޓްރެއިނިން" ޕްރޮގްރާމު ކުރިއަށްދާނީ މި މަހުގެ 25 އާއި 26 ގަ އެވެ. ސީއެމްޑީއޭ އިން ބުނީ ޖާގަ ދިނުމުގައި ފައިނޭންސް އަދި ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ މީހުންނާއި ފަންޑު މެނޭޖްމަންޓް އެންޑް ކަސްޓޯޑިއަލް ސާވިސަސްގެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ސީއެމްޑީއޭގެ ވެބްސައިޓާއި އެތަނުގެ ނަންބަރު 3014119 އިން ވެސް ހޯދޭނެ އެވެ.