Last Updated: July 12, 13:47
Saturday, July 12, 2025
ދުނިޔެ

ބިލް ގޭޓްސް އަށް ކޮވިޑް ޖެހިއްޖެ

އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އުމުރުން 66 އަހަރުގެ ބިލް ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި ބަލީގެ އަލާމާތްތައް ވެސް ކުޑަކޮށް ފެންނަމުންދާ ކަމަށެވެ. އަދި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން ބަލިން މުޅިން ރަނގަޅު ވަންދެން އައިސޮލޭޝަނުގައި ހުންނަން ނިންމާފައިވާ ކަމަށް ވެސް ބިލް ވިދާޅުވި އެވެ.

މައިކްސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން، ބިލް ކޮވިޑަށް ޕޮޒިޓިވް ވިއިރު އޭނާ ހުރީ ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްގެންނެވެ.

އެމެރިކާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެގައުމުން މިހާތަނަށް 81.9 މިލިއަން މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ. އަދި މި ބަލީގައި 9 ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.