Last Updated: April 20, 19:35
Saturday, April 20, 2024
މުނިފޫހިފިލުވުން

ސޮނާކްޝީ އެންގޭޖްވީކީ ނޫން، އާ ވިޔަފާރިއެއް ފެށީ!

އިންޑިއާގެ ސެލެބްރިޓީންނަކީ ކަންކަން ވަރަށް މޮޅަށް ޓްވިސްޓްކުރަން ދަންނަ ބައެކެވެ. މީގެ ދެ ދުވަހެއް ކުރިން ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ވެސް ކުރި ކަމަކީ މިއީ އެވެ. އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ފޭނުން ތަޅުވައިލީ އެންގޭޖްވިކަމުގެ އިޝާރާތެއް ދެމުންނެވެ. އެގޮތުން އިނގިލީގައި އަޅާފައިވާ އަނގޮޓީއެއް ދައްކައިލީ ކާކުކަން ނޭނގޭ ގޮތަށް ފިރިހެނަކު ވެސް ފޮޓޯތަކަށް އަރުވައިގެންނެވެ.

އެހެންވެ މިކަން ފޭނުންނާއި މީޑިއާތަކުން ވެސް މާނަކުރީ ސޮނާކްޝީ އެންގޭޖްމަންޓް އިއުލާންކުރީ ކަމަށެވެ. އެ ފޮޓޯތަކުގެ ކެޕްޝަން ވެސް އޮތީ އެގޮތަށް މާނަކުރެވޭ ގޮތަށެވެ. އެކަމަކު މިއަދު އޭނާ މި ވަނީ ފޮޓޯތަކުގެ ވާހަކަ މުޅިން އެހެން ގޮތަކަށް ޓްވިސްޓްކޮށްފަ އެވެ.

ފޭނުން ވަރަށް ތެޅުވިއްޖެދޯއޭ އަހައި ފޮޓޯތަކުގެ ހަގީގަތް މިއަދު ވަނީ ސޯޝަލް މީޑިއާގައި ކިޔައި ދީފަ އެވެ. ވީ ގޮތަކީ ސޮނާކްޝީ އާ ވިޔަފާރިއެއް ފެށީ އެވެ. އެއީ އާޓިފިޝަލް ނިޔަތީގެ ވިޔަފާރި އެވެ. އަންހެނުންގެ ޒީނަތްތެރިވާ އިރު، ތަފާތު ގޮތްގޮތަށް ގްލެމަރަސް ނިޔަފަތީގެ ބޭނުން މިހާރު ހިފާތީ އޭގެ ވިޔަފާރި ފެށީ އެވެ. މިއަށް ދީފައިވާ ނަމަކީ "ސޯއީޒީ" އެވެ.

މިއީ ސޮނާކްޝީގެ އާ ވިޔަފާރީގެ ބްރޭންޑެވެ. "ސޯއީޒީ" ގެ ނިޔަފަތީގެ އިޝްތިހާރުތަކެއް ވެސް އޭނާ މިއަދު ދައްކައިލި އެވެ. އޭނާ ބުނި ގޮތުގައި ވިޔަފާރިވެރިއަކަށްވާން ދެކުނު ހުވަފެން މިއާ އެކީ ހަގީގަތަކަށްވީ އެވެ.

"ސޯއީޒީ" ގެ ވާހަކަ ފޭނުން ތަަޅުވަތަޅުވާފައި މިއަދު ހާމަކުރި އިރު، އެ ވާހަކަ ސޮނާކްޝީގެ ޕޯސްޓްގައި ނިންމާލާފައި އޮތީ ވެސް އެންގޭޖްވި ކަމަށް ދެކުނު މީހުންނަށް ހާއްސަ "ލާނެއް" ހިނިގަނޑަކުންނެވެ.