Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ހިޔާ ފްލެޓު ސަރަހައްދަށް އިތުރު ބަސްތަކެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ދަތުރުފަތުރުކުރަން ފަސޭހަކުރުމަށް އިތުރު ބަސްތަކެއް އެމްޓީސީސީން ގެނެސްފި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ދާއިމީ ހައްލެއް ހޯދައިދިނުމަށް ބޭނުންވާ ބަސްތައް މާލޭ ޕޯޓަށް މިރޭ ބާލާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ޖޫންގައި ދާއިމީ ހިތްފަސޭހަ ދަތުރުތައް ފެށިގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހިޔާ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ދޫކުރި 6،720 ފްލެޓްގެ ތެރެއިން މިހާރު 6،000 އެއްހާ ފްލެޓްގައި މީހުން ދިރިއުޅެމުންދެ އެވެ.