Last Updated: April 20, 14:49
Saturday, April 20, 2024
ވިޔަފާރި

އައިޕޮޑް އުފެއްދުން ހުއްޓާލައިފި

އައިޕޮޑްގެ މަގުބޫލުކަން ވެސް މިހާރު ކުޑަވެފައިވާތީ އެ އުފެއްދުން ހުއްޓާލަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް އެޕަލް އިން ބުނީ 21 އަހަރު ފަހުން އައިޕޮޑް އުފެއްދުން ހުއްޓާލާ އިރު އޭގެ ސަބަބުން މިއުޒިކް އަޑުއަހަން ބޭނުންކުރާ ޑިވައިސްއެއްގެ ގޮތުގައި އިންގިލާބީ ބަދަލުތަކެއް ވެސް ގެނެވިއްޖެ ކަމަށެވެ.

އެޕަލް އިން އައިޕޮޑް އުފެއްދުން ހުއްޓާލަން ނިންމި އިރު، އެ ޑިވައިސް އެންމެ ފަހުން އަޕްޑޭޓްކުރީ 2019 ގަ އެވެ. އެޕަލްގެ މިހާރު އެންމެ މަގުބޫލު އުދެއްދުން ކަމަށްވާ އައިފޯނަކީ އައިޕޮޑް އުފެއްދި ޓީމްގެ އުފެއްދުމެކެވެ. އައިޕޮޑްގެ ތަފާތު މޮޑެލްތަކެއް
ނެރުނެވެ. އޭގެ ތެރޭގައި "ނެނޯ" އާއި "ޝަފްލް" އަދި އެންމެ ފަހުން 2007 ގައި ނެރުނު "އައިޕޮޑް ޓަޗް" ހިމެނެ އެވެ.

މިހާތަނަށް 450 މިލިއަން އައިޕޮޑް ވިއްކާފައިވާ އިރު، މިހާރު މާކެޓްގައި ލިބެން ހުރި ސްޓޮކް ހުސްވުމުން އެ ޑިވައިސް ދެން ގަންނާކަށް ނުލިބޭނެ އެވެ.