Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ލޮތާރިގެ ސްޓްރީޓް ސޮކާ އޮގަސްޓްގައި

އައްޑޫ މީދޫ ކްލަބް ލޮތާރީގެ ސްޓްރީޓް ސޮކާ މުބާރާތް މި އަހަރުގެ އޮގަސްޓް 15 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

"ގައުމު ސްޓްރީޓް" ގެ ނަމުގައި ކްލަބް ލޮތާރިން ބާއްވަމުން އައި މުބާރާތް މިއަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ "ލޮތާރި ސްޓްރީޓް: 3 ދަ ރިވެމްޕް" ގެ ނަމުގަ އެވެ. ކްލަބް ލޮތާރިން ނެރުނު އިއުލާނެއްގައި ވާގޮތުން މި އަހަރުގެ މުބާރާތަކީ އެ ކްލަބް ރަޖިސްޓަރީ ކުރުމަށްފަހު ބާއްވާ އެންމެ ފުރަތަމަ މުބާރާތެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ އިރު، ރަނައަޕް ޓީމަށް 10،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

ކްލަބް ލޮތާރިން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ގަވާއިދު އަންނަ މަހުގެ 20 އިން ފެށިގެން އެ ކްލަބުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށެވެ. އަދި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު އެ ކްލަބުގެ ޕޭޖުން ހިއްސާކުރަމުން ގެންދާނެކަމަށް ވެސް ބުންޏެވެ.

"ލޮތާރި ސްޓްރީޓް 3: ދަ ރިވެމްޕް" އާ ގުޅޭ އިތުރު މަޢުލޫމާތު އެ ކްލަބުގެ ނަންބަރު 7877183 އިން ލިބޭނެ އެވެ.