Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު ރައީސަށް

މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވައިފި އެވެ.

މި ދައުވަތު ރައީސަށް ދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އުރީދޫގެ ސީއީއޯ ވަނީ އެ ކުންފުނިން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމުގެ ދައުވަތު ރައީސަށް ދެއްވުމުގެ އިތުރުން ވަނީ ވޯލްޑް ކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅަ ވެސް ރައީސަށް އަރުވާފަ އެވެ.