Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ކެޓްރީނާ އިނީ ބަލިވެ، ބަނޑަށް ދެ މަސް!

މިދިޔަ ޑިސެމްބަރު މަހު އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް މިހާރު އިނީ ބަލިވެކަމަށާއި ބަނޑަށް ދެ މަސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ބަލިވެއިންކަމުގެ ވާހަކަތަކެއް މީގެ މަހެއްހާ ދުވަސް ކުރިން ވެސް ދެކެވިފައިވެ އެވެ. ކެޓްރީނާގެ ވަރަށް ގާތް ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނާ އިނީ ހަގީގަތުގައި ވެސް ބަލިވެކަމަށާއި އެކަމާ ދެ ފަރާތުގެ އާއިލާ އިން ވެސް ވަރަށް އުފަލުން ތިބި ކަމަށެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ ޑިސެމްބަރު މަހުގެ 9 ގަ އެވެ. ދެ ތަރިން މި ވަގުތު އަންނަނީ އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކެޓްރީނާ ބަލިވެއިންކަމުގެ ވާހަކަ ހޫނުކޮށް ދެކެވެމުން އަންނަ އިރު، އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ އެ ކުޅެފައިވާ "ޓައިގާ 3" އާއި ޒުވާން ދެ ތަރިން ކަމަށްވާ ސިދާންދަތު ޗަތުރަވެދީ އާއި އިޝާން ޚައްތަރާ އެކު ކުޅެފައިވާ "ފޯން ބޫތު" ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީއާ "މެރީ ކްރިސްމަސް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކެޓްރީނާ އޮތީ ފަށައިފަ އެވެ.