Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ނުރައްކާތެރި ކުނިތަކަށް އައްޑޫގައި މަރުކަޒެއް ހަދަނީ

ނުރައްކާތެރި ބާވަތްތަކުގެ ކުނި ރައްކާކޮށް މެނޭޖްކުރެވޭ މަރުކަޒެއް އައްޑޫގައި އަޅަން ނިންމައި އެކަމުގެ އޭގެ ސާވޭގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އާންމުންގެ ހިޔާލު ވެސް ހޯދައިގެންނެވެ. އެގޮތުން ސާވޭގައި އައްޑޫ ގައި މަހެއްގެ މައްޗަށް އުފެދޭ ނުރައްކާތެރި ކުނީގެ އަދަދާއި ނުރައްކާތެރި ކުނީގެ ގޮތުގައި އުފެދޭ ކުނީގެ ބާވަތްތަކާއި އުފެދޭ ނުރައްކާތެރި ކުންޏާއި މެދު މިހާރު އަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު އެއްކުރަން ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ގޭބިސީތަކުގައި ކުނި ވަކިކުރުމަށް ކުރާ މަސައްކަތްތަކާއި ވަކިކުރުމަށް ފަހު ގުދަންކޮށްފައި ބެހެއްޓުމަށް ބޭނުންކުރާ އާލާތްތަކުގެ މަޢުލޫމާތުތަކާއި ކުނި މެނޭޖްކުރާ މަރުކަޒާ ހަމަޔަށް ކުނި ގެންދާނެ ގޮތުގެ ޚިޔާލުތައް ވެސް ސާވޭގައި ހޯދާނެ އެވެ.

ހަމަމިއާ އެކު ކުނި އުކަން ފީއެއް ނެގުމާ މެދު ދެކޭ ގޮތާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ މަރުކަޒު އެޅުމަށް ކަނޑައެޅިފައިވާ ސަރައްދާއި މެދު ރައްޔިތުން ދެކޭ ގޮތް ވެސް ބަލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މިހާރު އަންނަނީ އައްޑޫގައި ކުނި މެނޭޖްކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޭނުންވާ ވަސީލަތްތައް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ޕްމިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ. އެގޮތުން 1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ ޕްލާންޓުން އުފައްދާ ކަރަންޓްގެ އެއް މެގަވޮޓު އައްޑޫގެ ސެންޓްރަލް ގްރިޑާ ގުޅައިލާނެ އެވެ. އަދި ބާކީ 500 ކިލޯ ވޮޓު ބޭނުން ކުރާނީ ފެސިލިޓީ ހިންގުމަށެވެ.

އެ ފެސިލިޓީ އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަނަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާއިންނެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެކެވެ.