Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

"ހަކަތަރި" ލޭބަލް އެންމެ ފުރަތަމަ އެސްޓީއޯ އަށް

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ކަރަންޓު ސާމާނުގެ ތެރެއިން އޭސީގެ ހަ މޮޑެލްއަކަށް މޮޑެލްއެއް އެންވަޔަރަމަންޓް މިނިސްޓްރީގެ "ހަކަތަރި" ޕްރޮގްރާމަށް ފެތޭ ތަކެތީގެ ގޮތުގައި ކަނޑައަޅައިފި އެެވެ.

"ހަކަތަރި" އަކީ ރާއްޖެ އަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ކަށަވަރުކުރަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން އެސްޓީއޯއިން ވިއްކާ ހަ މޮޑެލްއެއްގެ އޭސީގައި "ހަކަތަރި" ލޭބަލް ޖެހުމަށް ހުއްދަ ދީފައި އެވެ. މިއީ އެ ލޭބަލް ޖެހުމަށް ހުއްދަދޫކުރި ފުރަތަމަ ކުންފުންޏެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ހަކަތަރި ލޭބަލް ހުންނާނީ 1-5 އާ ހަމައަށް ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ދަށްމިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ހުއްދަ ދޫކުރެވުނު މޮޑެލްތަކަށް 4 ތަރި އަދި 5 ތަރި ލިބިފައިވާ ކަމަށެވެ. "ހަކަތަރި" ލޭބަލުން ކޮންމެ އަހަރަކު ބޭނުންކުރާނެ ކަމަށް އަންދާޒާ ރެވޭ ކަރަންޓުގެ މިންވަރު ވެސް އެނގޭނެއެވެ. މި ލޭބަލުން އަދިވެސް އޭސީއާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ހަކަތަރި" ޕްރޮގްރާމްގައި ރަޖިސްޓްރީވުމަކީ ވިޔަފާރިތަކަށް އޮތް އިޚްތިޔާރީއެކެވެ. އަދި މިއީ ކަސްޓަމަރުންގެ އިތުރުބާރު އުފެއްދުންތަކަށް ހޯދަން ލިބޭ އިތުރު ބާރަކަށް ވާނެ އެވެ.

ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލް ޖެހުމަށް ހަމަޖެހިފައި ވަނީ ފްރިޖާއި ދޮންނަމެޝީނާއި އޭސީތަކުގަ އެވެ. ލޭބަލް ޖެހުމަށް ހުއްދަ ދެވިފައިވާ އާލާތްތައް ގަންނަ ފަރާތްތަކަށް ވިއްކުމުގެ ކުރިން އެ ތަކެތީގައި ލޭބަލް ހަރުކުރަން ޖެހޭނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އަމާޒަކީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ އޭސީ، ފްރިޖާއި ދޮންނަމެޝިނަކީ ހަކަތަރި މިންގަނޑަށް ފެތޭ ތަކެތި ކަމަށް ހެދުމެވެ.

ހަކަތަރި ޕްރޮގްރާމު އެކުލަވާލާފައިވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު އދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމާ ގުޅިގެންނެވެ. ގުޅަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގަމުން އަންނަ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުންނެވެ.

މީގެ މައިގަނޑު މަގުސަދަކީ، އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (މަދުކޮށް އެ ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިކޮށް ބޭނުންކުރުން އިތުރުކުރުމެވެ.