Last Updated: April 20, 07:18
Saturday, April 20, 2024
މުނިފޫހިފިލުވުން

"ދާކަޅް" ގެ ދެވަނަ ޓްރެއިލާ މާ ވަރުގަދަ

މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބަތަލާ ކަންގަނާ ރަނާވަތުގެ އެކްޝަން ފިލްމު "ދާކަލް" ގެ ދެވަނަ ޓްރެއިލާ އާންމުކުރުމާ އެކު، ހުނަރުވެރި ބަތަލާ އަށް އޮހެމުން އަންނަ ތައުރީފު އިތުރުވެއްޖެ އެވެ.

މީގެ އެންމެ ހާއްސަ ކަމަކީ މީގެ ކުރިން ބޮލީވުޑްގެ ބަތަލާއާ ނުކުޅޭ ވަރުގެ ވަރުގަދަ އެކްޝަން ރޯލެއް ކަންގަނާ ކުޅެފައިވުމެވެ. "ދާކަޅް" ގެ ދެ ޓްރެއިލާ އިން ވެސް ވަނީ ކަންގަނާ އަކީ ހަމަ ހަގީގަތުގައި ވެސް އާދައިގެ ބަތަލާއެއް ނޫންކަން ސާބިތުކޮށް ދީފަ އެވެ. އޭނަގެ އެކްޝަންތައް ވަރުގަދަވެފައި، ކޮށްފައި ހުރި މަސައްކަތްތައް ވަރަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ގިނަ ބަޔަކު ބުނެފައި ވަނީ "ދާކަޅް" އަކީ މިހާތަނަށް ހިންދީ ސިނަމާ އަށް އަންނާނެ އެންމެ ވަރުގަދަ އެކްޝަން ފިލްމުކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށެވެ. ހާއްސަކޮށް މި ކަހަލަ ފިލްމެއް ބަތަލާއެއްގެ ފަރާތުން އައުމަކީ މުޅިން އާ ކަމަކަށްވެފައި، ކަންގަނާ އަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ފެންފޮދެއް ބޯލައިހާ ފަސޭހައިން އެހާ މޮޅެއް ކުޅެލާ ބަތަލާއެއްކަން ފިލްމުގެ ދެވަނަ ޓްރެއިލާ އަށް ކޮމެންޓްކުރި އެތައް ބަޔަކު ބުނެފައިވެ އެވެ.

އެހެންވެ ހަތަރު އެވޯޑް ހޯދާފައިވާ ކަންގަނާގެ "ދާކަޅް" ބޮޑު ސްކްރީނުގައި ބެލުންތެރިންނަށް ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި މަހުގެ 20 ގައި ސިނަމާތަކަށް ގެންނަ "ދާކަޅް" އަކީ ރަޒްނީޝް (ރާޒީ) ގާއި ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ކާސްޓްގައި އަރުޖުން ރާމްޕާލާއި ދިވްޔާގެ އިތުރުން ސަސްވަތާ ޗެޓަޖީ އަދި ޝާރިބް ހާޝިމީ ހިމެނެ އެވެ.