Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ޔޫއޭއީގެ ރައީސް އަވަހާރަވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީ) ގެ ރައީސް ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވާހަރަވެއްޖެ އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވެފައިމިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވާހަރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން އެގައުމުގައި މިއަދުން ފެށިގެން ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހަށް މިނިސްޓްރީތަކާއި ޕްރައިވެޓް ސެކްޓާގެ މަސައްކަތްތައް ތިން ދުވަހަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ހަލީފާ ބިން ޒައިދަށް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާއި ގުޅިގެން ވެރިކަމުގެ ގިނަ ބާރުތަކެއް ވަނީ ވަލީ އަހުދު މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާންއާ ހަވާލުކުރައްވާފަ އެވެ.

ޔޫއޭއީގެ ރައީސްކަމުގެ މަގާމާއި ހަލީފާ ބިން ޒަޔިދް ހަވާލުވެވަޑައިގެންނެވީ 2004 ވަނަ އަހަރު އެވެ.