Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރައީސް ޔާމީންގެ ޓްވިޓާ ވެރިފައިކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްވިޓާ ބޭނުންކުރައްވާތާ ނުވަ ދުވަސް ފަހުން އެ އެކައުންޓް ވެރިފައިކޮށްފި އެވެ.

އެ މަނިކުފާނު މި މަހުގެ 4 ގައި ޓްވިޓާ ބޭނުންކުރައްވަން ފެެއްޓެވި ފަހުން ފޮލޯވަރުންގެ އަދަދު މިހާރު އުޅެނީ 7،000 އިން މަތީގަ އެވެ. ޔާމީން އެންމެ ފަހުން ކުރެއްވި ޓްވީޓަކީ ގައުމުގެ ހިމާޔަތާއި ރައްކާތެރި ކަމަށްޓަކައި ދިވެހި ދިދައިގެ ދިފާއުގެ މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ރޭ ކުރެއްވި ޓްވީޓެކެވެ.

ރައީސް ޔާމީނަކީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވި ބޭފުޅާ އެވެ. ޓްވިޓާ ބޭނުންކުރައްވާ ރައީސުންނަށް ބަކާ އުރު 254،000 އަށް ގިނަ ފޮލޯވަރުންނާ އެކު އެންމެ ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފޮލޯވަރުންގެ އަދަދު 172،000 އަށް ވުރެ މަތީގައި އުޅޭ އިރު، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮލޯވަރުންގެ އަދަދު އުޅެނީ 127،000 އަށް ވުރެ މަތީގަ އެވެ. އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފޮލޯވަރުންގެ އަދަދު 81،000 އަށް ވުރެ ގިނަ އެވެ.