Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޗެއާޕާސަން އިންތިހާބު: ދެ ރައީސުން ވޯޓު ވޯޓުލައްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ކުރިއަށްގެންދާ އިންތިހާބުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ލައްވައިފިއެވެ.

ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ރައީސް ސޯލިހް ވޯޓު ލައްވާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިހުރި ވޯޓު ފޮއްޓަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

ފޯރިގަދަ ކެމްޕޭނަކަށްފަހު ވޯޓުލުން މިއަދު ކުރިއަށްގެންދާއިރު، 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓުލާނެއެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު، ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓްލެވޭނެއެވެ. މި އިންތިހާބުގައި ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.