Last Updated: July 12, 13:47
Saturday, July 12, 2025
ޚަބަރު

ޖިންސީ ގުވަނަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް--

މަސްތުގެ ހާލުގައިހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީއަކު މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ރޭ 21:57 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އިންޑިއާ ފިރިހެނެއް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޖިންސީ ގުނަވަން ދައްކައިގެން އަންހެނުންތަކެއް ފަހަތުން ދުވި ބިދޭސީއެއް ހިފަހައްޓައިގެން އުޅޭ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި ދައުރުވެފައިވެއެވެ.