Last Updated: April 18, 22:36
Friday, April 19, 2024
ވިޔަފާރި

ސްޓާލިންކް އިންޓަނެޓް ރާއްޖެ އަށް އަންނަ އަހަރު

ސްޕޭސް އެކްސްގެ "ސްޓާލިންކް" ގެ ހިދުމަތް އަންނަ އަހަރު ރާއްޖެ އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މަހުޖަނު އީލޮން މަސްކްސްގެ ކުންފުނިން ބުނި ގޮތުގައި "ސްޓާލިންކް" ގެ ހިދުމަތް މިހާރު 32 ގައުމަކަށް ލިބޭނެ އެވެ. އެގޮތުން ހިދުމަތް ލިބޭ ގައުުތަކާއި ހިދުމަތް ދޭން ހަމަޖެހިފައިވާ ގައުމުތަކުގެ މެޕެއް ވެސް ސްޕޭސް އެކްސް އިން އާންމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

ސްޓާލިންކްގެ ހިދުމަތުގެ ޕްރީ-އޯޑަރަށް ރާއްޖެ ވެސް ހިމެނޭ ގޮތަށް ހުޅުވައިލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ރާއްޖޭން ވެސް ބައެއް މީހުން ޕްރީ-އޯޑަރުކުރި އެވެ. ރާއްޖެ އަށް ސްޓާލިންކްގެ ހިދުމަތް ދޭން ސްޕޭސްއާ އެކު ސަރުކާރުން އޮތީ މި އަހަރު މަޝްވަރާ ވެސް ފަށައިފަ އެވެ. މިދިޔަ މާޗް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން އަންނަނީ އަދިވެސް މަޝްވަރާކުރެވެމުންނެވެ.

ބޮޑު ސެޓެލައިޓް ފައުޖަކާ އެކު ބިނާކުރަމުން އަންނަ ސްޓާލިންކްގެ ހިދުމަތް އެންމެ ފުރަތަމަ ލިބެން ފެށީ 2020 ގަ އެވެ. މި ހިދުމަތުގެ އަމާޒަކީ އިންޓަނެޓްގެ ހިދުމަތުން ދުނިޔޭގެ އެއްވެސް ހިސާބެއް މަހުރޫމުވެފައި ނުބޭއްވުމެވެ.

ސްޓާލިންކް އިންޓަނެޓްގެ ޕްރީ-އޯޑަރަށް ހުޅުވާލި އިރު ހިދުމަަތަށް ބޭނުންވާ ކިޓްގެ އަގަކީ 499 ޑޮރަރު (7,709ރ.) އެވެ. އޭގައި ހިމެނެނީ ޔޫޒާ ޓާމިނަލާއި އެންޓަނާ ފަދަ ޑިވައިސްތަކެވެ.