Last Updated: April 25, 11:51
Thursday, April 25, 2024
މުނިފޫހިފިލުވުން

ސަނީގެ ދަރިފުޅު އެންގޭޖްވި ވާހަކަ ދޮގުކޮށްފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު އަދި އެކްޓަރު ކަރަން ޑިއޯލް އެންގޭޖްވި ކަމަށް މީޑިއާތަކުގައި ފެތުރު ވާހަކަތައް ކަރަންގެ ޓީމުން ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ބުނީ ސަނީ 2019 ގައި ޑައިރެކްޓްކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ނެރުނު ކަރަން، 31، އެންގޭޖްވީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ބިމާލް ރޯއިގެ ކާފަދަރިއެއް ކަމަށްވާ ޑްރިޝާއާ ކަމަށެވެ. ބިމާލް އަކީ "ދޯ ބިގާ ޒަމީން" އާއި "ދޭވްދާސް" އަދި "މަދޫމަތީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ ކާފަދަރި ޑްރިޝާއާ ކަރަން އެންގޭޖްވެ ވަރަށް އަވަހަށް ކައިވެނި ވެސް ކުރަން އުޅޭ ކަމަށް ފެތުރުނު އަޑުތަކާ ގުޅިގެން ކަރަންގެ ޓީމުން ބުނީ އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެ ދެ މީހުންނަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށެވެ.

ޓީމުން ބުނި ގޮތުގައި މި ވަގުތު ކައިވެނީގެ އެއްވެސް ޕްލޭނެއް ނެތް ކަރަންގެ ނެތެވެ. އަދި އޭނާ ފޯކަސް ހުރީ ކެރިއަރަށް ކަމަށް ބުންޏެވެ. "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ފަހުން ކަރަން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ވެލޭ" އިންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބައްޕަ ސަނީ އާއި ބޮޑުބޭބެ ބޮބީ ޑިއޯލްގެ އިތުރުން ކާފަ ދަރުމެންދުރާއާ އެކު ކުޅެން ހަމަޖެހިފައިވާ "އަޕްނޭ 2" ހިމެނެ އެވެ.

ކަރަންގެ އިތުރުން ސަނީ، 65، ގެ ދެން ހުންނަނީ ރަޖްވީރު ޑިއޯލް، 26، އެވެ. ރަޖްވީރު ވެސް މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ.