Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ރެސްޓޯރަންޓަށް ކެޓްރީނާގެ ތައުރީފު

ފިރިމީހާ ވިކީ ކޯޝަލާ އެކު ބަތަލާ ކެޓްރީނާ ކައިފް މިހާރު އެމެރިކާ އަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ނިއު ޔޯކްގައި ހިންގާ ރެސްޓޯރަންޓް "ސޯނާ" ކެޓްރީނާ އަށް އަށް ޒިޔާރަތްކޮށް އެތަން ވަރަށް ކަމުދާ ކަމަށް ބުނެފި އެވެ.

އެތަނުގެ ކެއުންތަކެއް އިންސާފުކޮށް، ރެސްޓޯރަންޓްގެ މެނޭޖަރާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓްގްރާމް ސްޓޯރީގައި ޕްރިޔަންކާ ޓެގްކޮށް ޕޯސްޓްކޮށް ކެޓްރީނާ ބުނީ އެތަނަކީ "ގެއާ ދުރުގައިވާ ގެ" ކަމަށެވެ. އިންޑިއާ އިން ބޭރުން އިންޑިއާގެ އަސްލު ރަހަތައް ތަޖުރިބާކުރުމަށް ފަހު ކެޓްރީނާ ބުނީ ރެސްޓޯރަންޓްގެ "ވައިބް" ވެސް ވަރަށް ހިތްގައިމު ކަމަށެވެ.

އޭނަގެ އެ ޕޯސްޓް ޕްރިޔަންކާ ވެސް އިންސްޓަގްރާމް ސްޓޯރީގައި ފޯސްޓްކޮށް ރެސްޓޯރަންޓް ތަޖުރިބާކުރީތީ ޝުކުރު އަދާކުރި އެވެ.

ކެޓްރީނާ އާއި ވިކީގެ "ސޯނާ" ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އެތަނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށް އިއްޔެ އެ މީހުން ޒިޔާރަތްކުރުމުން ހިދުމަތް ދޭން ލިބުމަކީ ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

 

View this post on Instagram

 

A post shared by SONA (@sonanewyork)

ޕްރިޔަންކާގެ ރެސްޓޯރަންޓަށް ކެޓްރީނާ ތައުރީފުކުރި އިރު، ދެ ތަރިން މި އަހަރުގެ ތެރޭގައި އެކީގައި ފިލްމެއްގެ މަސައްކަތް ވެސް ފަށަން ހަމަޖެހިފައިވެ އެވެ. އެއީ ސެޕްޓެމްބަރުގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ރޯޑް ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އެވެ. އޭގެ ކާސްޓްގައި އާލިއާ ބަޓް ވެސް ހިމެނެ އެވެ.