Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ވިލިމާލެ ބައި އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި

ފާތިމަތު ނާޒިމާ

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވާ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.

މި އިންތިހާބުގައި ޕީޕީއެމްގެ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ފާތިމަތު ނާޒިމާ އެވެ. އޭނާ އަށް ވަނީ 359 ވޯޓު ލިބިފަ އެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި އާމިނަތު ޝީޒާ އަށް ލިބިފައިވަނީ 358 ވޯޓެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާމިނަތު އީމާން، 29، އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށަހެޅުމުންނެވެ.