Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

އެމްޑީޕީ ޗެއާޕާސަން ކަމަށް ފައްޔާޒު އިންތިހާބުވެއްޖެ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންތިހާބުވެއްޖެ އެވެ.

މި އިންތިހާބުގައި ފައްޔާޒާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިންތި) އެވެ.

މިހާތަނަށް 100 އަށް ވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާ އިއުލާންކޮށްފައިވާއިރު ފައްޔާޒު އުޅުއްވަނީ 60 ޕަސެންޓަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ކުރީގަ އެވެ. މި އިންތިހާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ޗެއާޕާސަން އިންތިހާބުގެ އިތުރުން މިއަދު ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު ވެސް ކުރިއަށް ގެންގޮސްފަަ އެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9 އިން ހަވީރު 6 ޖެހުމާ ހަމައަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މެމްބަރުން ލިބިފައިވެ އެވެ.