Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

"މަޖީދީ ރަން" ގައި ރައީސް ބައިވެރިވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރޭ "މަޖީދީ ރަން" ގައި ބައިވެރިވެވަޑައިގެންފިއެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަކުރުމާއި އެ ސްކޫލަށް 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކިގެ ތެރެއިން ބާއްވާ ދުވުމުގައި ރައީސް ރޭ ބައިވެރިވަޑއިގެންނެވީ އެއް ދުވަހަށް ޔޫއޭއީ އަށޢް ކުރެއްވި ދަތުރު ނިންމަލާއްވައި އިއްޔެ ރާއްޖެ ވަޑައިގަތުމަށް ފަހު އެވެ.

"މަޖީދީ ރަން" ގައި ރައީސް ރޭ ބައިވެރިވެވަޑައިގެންނެވި އިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ ފެށި އެ ދުވުން އިފުތިތާހުކޮށްދެއްވީ ވެސް ރައީސްގެ ދެކަނބަލުންނެވެ.

މި ދުވުން 95 ގަޑިއިރު ހަމަކޮށް ނިންމާލަން ހަމަޖެހިފައި ވަނީ މިރޭ ޓްރެކް ދަނޑުންނެވެ.

"މަޖީދީ ރަން" ގައި މަޖީދިއްޔާ ސްކޫލުގެ އެހާއި މިހާރުގެ ދަރިވަރުންނާއި ކުޅިވަރުގެ ދާއިރާއަށް ލޯބިކުރާ، ވަކިން ޚާއްސަކޮށް ދުވުމަށް ލޯބި ކުރާ ގިނަ ފަރާތްތަކެއް އަންނަނީ ބައިވެރިވަމުންނެވެ. މަޖީދީ ރަންގެ 95 ގަޑިއިރު ހަމަކުރުން ޓްރެކް ދަނޑުގައި ކުރިއަށްދާއިރު، އެ ސްކޫލުގެ އިސްދަރިވަރުންނާއި، މިހާރު އެ ސްކޫލުގައި ކިޔަވަމުންދާ ގްރޭޑް 1-9 ގެ ދަރިވަރުންނަށް އެކި ގަޑިތައް ކަނޑައެޅިގެން އެކި ވަގުތުތަކުގައި ދުވާ ގޮތަށް ވެސް ހަމަޖެހިފަވެ އެވެ.