Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 29 ގައި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ގައުމީ ބޭންކުން ބުނީ އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ދުރާލައި ރަޖިސްޓްރީކުރުމުގެ ބަދަލުގައި މި ފަހަރު ޖަލްސާ ބާއްވާ ހޮޓެލް ޖެންގެ މާލަމުގައި ރޭގަނޑު 7:00 އިން ފެށިގެން 8:15 އާ ހަމައަށް ރަޖިސްޓްރީކުރެވޭ ގޮތަށެވެ.

މީގެ އިތުރުން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވށން ބޭނުންވާ ހިއްސާދާރުންނާއި ޖަލްސާ އޮންނަ މާލަމަށް ވައިގެން ހާޒިރުވެވަޑައިގެން ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 އާ ހަމައަށް ރަޖިސްޓްރީކުރާ ހިއްސާދާރުންނަށެވެ.

ބޭންކުގެ އަހަރީ އާންމު ޖަލްސާއަކީ ހިއްސާދާރުންނާ ބޭންކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިއްމު
ފުރުސަތަކަށްވުމާއެކު، ވީހާ ވެސް ގިނަ ހިއްސާދާރުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ބީއެމްއެލް އިލްތިމާސްކޮށްފައިވެ އެވެ.