Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

މަލީހު ސަރުކާރަށް ދެނީ ސުމެއް

މިހާރުގެ ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އަދި ސަރުކާރުގެ މަސައްކަތުގެ ސްޕީޑް ވެސް ވަރަށް ލަސް ކަމަށް ވިދާޅުވެ މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޖައްމަދު މަލީހު ޖަމާލު ހުރިހާ ކަމަކުން ސަރުކާރަށް ސުމެއް ކަމަށް ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކިވެވަޑައިގަތް ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މަލީހު ކުރެއްވި ޓްވީޓެއްގައި އަށް ކަމެއް ލިސްޓްކުރައްވައި ސަރުކާރަށް ސުމެއް ކަމަށް ވިދާޅުވި އެވެ.

"[އެކަމަކު] އިތުރަށް ސްލޯކުރަން [ރައީސް] ދެވަނަ ދައުރެއް [ވެސް] ބޭނުމޯ." މަލީހު ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރަކީ ދައުރު ހަމަވާ އިރު "ފްލެޓްގަނޑެއް" ވެސް ނޭޅުނު ސަރުކާރެކެވެ. އެހެންވެ ރައީސް ސޯލިހު ވެރިކަމުން ބާލައި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ވެސް ދުއްވާލައި ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.