Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އެމްއެންޔޫގެ "ޖޮބް ފެސްޓިވަލް" 31 ގައި

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އެމްއެންޔޫ) އިން އިންތިޒާމުކުރާ ފުރަތަމަ "ޖޮބް ފެސްޓިވަލް" މި މަހުގެ 31 ގައި ބާއްވަން ނިންމައި އޭގައި ބައިވެރިވާން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވަސިޓީން ބުނީ ފެއާގައި ބައިވެރިވާން އޮފީސްތަކާއި ކުންފުނިތަކާއި އަދި އެ ނޫން ވެސް ތަންތަނުން ފެއާގައި ބައިވެރިވާން މި މަހުގެ 23 ގެ ކުރިން ފޯމް ހުށަޙަޅަން ޖެހޭނެ އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ލިންކް https://bit.ly/3lhxDgW މެދުވެރިކޮށް ފޯމް ހުށަހަޅޭނެ އެވެ.

"ޖޮބް ފެސްޓިލަވް" ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގަ އެވެ. އެތަުން ބުނި ގޮތުގައި މިއީ ވަޒީފާ ދޭ ފަރާތްކަށް ވަޒީފާތަކަށް ބޭނުންވާ މީހުން ހޯދުމާއި އަދި ވަފީޒާއެއް ހޯދާ މީހުންނަށް ވަޒީފާދޭ ފަރާތްތަކާ ގުޅުވައިދޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.