Last Updated: July 6, 05:59
Sunday, July 6, 2025
ޚަބަރު

"މަހޯލި" ޕޯޓަލް ތައާރަފުކޮށްފި

އޮންލައިންކޮށް މައުލޫމާތު ހޯދޭ ގޮތަށް ތައްޔާރުކޮށްފައިވާ "މަހޯލި" ޕޯޓަލް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައާރަފުކޮށްފި އެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިއްޔެ ތައާރަފުކުރި އެ ޕޯޓަލަކީ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ހައްގު ވީހާ ވެސް ފަސޭހަކޮށް އާންމުންނަށް ލިބޭނެ ގޮތް ހަދައި ދިނުމަށް ތައާރަފުކުރި އެއްޗެކެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ ޕޯޓަލްގެ އެހީގައި ދައުލަތުގެ އިދާރާތަކުން ހޯދަން އެދޭ މައުލޫމާތު ލިބުމުގައި ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މައުލޫމާތު ނުލިބިއްޖެ ނަމަ އެކަމުގެ ޝަކުވާ ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އާހިދު ވިދާޅުވި ގޮތުގައި ލިބޭ މައުލޫމާތާމެދު ހިތްހަމަނުޖެހޭ ނަމަ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މުރާޖައާކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

"މަހޯލި" ޕޯޓަލް ތައާރަފުކުރީ ސަރުކާރުގެ 50 އަށް ވުރެ އިދާރާތަކާ އެކީގަ އެވެ. ތެރޭގައި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތައް ހިމެނެ އެވެ. އަދި ކަމަށާއި ކުރިއަށް އޮތް ތަނުގައި ދައުލަތުގެ އެހެން އިދާރާތައް ވެސް ޕޯޓަލްގެ ވިއުގައާ ގުޅޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަރުގެ އޮފީހުން ބުންޏެވެ.