Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ގަމުގައި ކެފޭއެއް ހިންގަން އަލުން ބީލަމަށް

އައްޑޫ ގަމުގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އަލުން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ގަމުގައި ކެފެޓީރިއާ/ކެންޓީނެއް ހިންގާނެ ފަރާތެއް ހޯދަން މާޗް މަހުގެ ތެރޭގައި ކުރި އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލީ ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަަތު އަންނަ މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން މި މަހުގެ 26 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ހޯދަން ބޭނުންވާ މައުލޫމާތު އަންނަ މަހުގެ 5 އާ ހަމައަށް ހޯދޭނެ އެވެ. އިތުރު މައުލޫމާތު 6898214 ނަމްބަރުން ލިބޭނެ އެވެ..

ގަމަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަ ތަނެކެވެ.