Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

"އިންޓާން" ގެ ރިމޭކް ދީޕިކާ ދޫކޮށްލައިފި؟

ބަތަލާ ދީޕިކާ ޕަދްކޯން ކުޅެން އޮތް ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގައި އޭނާ ބައިވެރިވާން ނުވާން މިހާރު ނިންމާފައިވާތީ އާ ބަތަލާއަކު އެއަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް ނަވާރައިގައި މި ފިލްމު އިއުލާންކުރީ ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ގޮތަށެވެ. އޭރު އޭނާއާ އެކީ ފިލްމުގެ އެންމެ މުހިއްމު ރޯލެއް ކުޅެން އޮތީ ރިޝީ ކަޕޫރެވެ. އެކަމަކު އޭނާ 2020 ގައި މަރުވުމާ ގުޅިގެން، ފިލްމުން އަމީތާބަށް ފުރުސަތު ދީފައިވެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ދި އިންޓާން" ގެ ހިންދީ ރިމޭކް އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދޫކޮށްލި ނަމަވެސް، އަމީތާބް ކާސްޓްގައި ހިމެނެ އެވެ. އަދި އާ ބަތަލާ އެކު ހޯދަން ކުރާ މަސަައްކަތުގެ ތެރެއިން ފިލްމުން ދެން ފުރުސަތުދޭނެ ކަމަށް ބެލެވެނީ ޕަރިނީތީ ޗޯޕްޅާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.

"ދި އިންޓާން" ގެ ހިންދީ ރިމޭކްގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2018 ގެ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަޖޭ ދޭވްގަންގެ "މައިދާން" އެވެ.

"ދި އިންޓާން" އަކީ 2015 ގައި ގެނެސްދިން ވަރަށް ކާމިޔާބު ބަޑީ-ކޮމެޑީ ޑްރާމާއެކެވެ. މީގެ ޑައިރެކްޓަރަކީ ނޭންސީ މީޔާޒް އެވެ. ފެޝަން ކުންފުންޏެއްގައި މަސައްކަތްކުރާ ޒުވާން އަންހެނަކާއި އެ ދާއިރާގެ ދުވަސްވީ ތަޖުރިބާރަކާ ދެމެދު އޮންނަ ބަދަހި ގުޅުމެއްގެ ވާހަކަ ކިޔައިދިން ފިލްމުގެ ތަރިންނަކީ އޭން ހެތަވޭ އާއި ރޮބަޓް ޑި ނީރޯ އެވެ.