Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މަރަދޫފޭދޫ އިންޑޯ ވޮލީ ކޮމްޕްލެކްސް އަލުން ބީލަމަށް

އައްޑޫ މަރަދޫފޭދޫގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެއް ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

މި ޕްރޮޖެކްޓް ފުރަތަމަ ބީލަމަށް ހުޅުވައިލީ މިދިޔަ މަހުގެ ތެރޭގަ އެވެ. ކައުންސިލުން ބުނީ ކުރިން ހުޅުވި ބީލަން ބާތިލުކޮށް އިންޑޯ ވޮލީ ކޮމްޕްލެސް އަލުން ހުޅުވާލައި މިހާރު ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 31 ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮމްޕްލެކްސްގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލި އިރު މިކަމާ ގުޅޭ ބިޑް ޑޮކިއުމަންޓް ވިއްކާނީ މި މަހުގެ 22-25 އަށެވެ. އަދި ބީލަމުގެ ބައިވެރިވާން 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އިންޑޯ ވޮލީ ކޮމްޕްލެކްސް ހަދަން ބީލަން ހުށަހަޅާ ފަރާތްތަކުން ބޮޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި އޭގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ގެ ހެނދުނު 11:30 ގައި ކައުންސިލް އިދާރާގަ އެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ގެ ހެނދުނު 11:30 ގައި ކައުންސިލް އިދާރާގައި އޮންނާމެ އެބެ.

މަރަދޫފޭދޫގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެެއް ހަދަން ނިންމި އިރު، އެ އަވަށުގެ ޒުވާނުންގެ މަރުކަޒުގެ އިންޑޯގައި މިހާރު ވެސް ތަފާތު ކުޅިވަރުތައް ކުޅެ އެވެ.

ވޮލީ އަކީ ކުރިން އައްޑޫގެ ދެ ޖިންސްގެ މީހުންގެ މެދުގައި ވަރަށް ފޯރިގަދަ ކުޅިވަރެކެވެ.