Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

"އިންޑިއާ އައުޓް" އަށް ހުރަސް އަޅާތީ ރަތަށް!

ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ހުރަސް އަޅާތީ އެ ކެމްޕޭނުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާ ވެސް ފާޑު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ދެ ޕާޓީން މިހާރު ސިލްސިލާކޮށް މާލޭގައި ކުރިއަށް ގެންދާ އެއްވުންތަކަށް ފުލުހުން ހުރަސް އަޅާތީ އެކަމާ ގުޅުވައިގެން ޔާމީން ކުރެއްވި ޓްވީޓެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވައިލާ އިއްވާ އަޑުތަކަށް ހުރަސް އެޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އިންޑިއާ އައުޓް" އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅައި ނެރުނު ރިޔާސީ ގަރާރަކީ ތަންފީޒު ވެސް ކުރެވޭނެ އެއްޗެއް ނޫން ކަމަށް ޔާމީން މިދިޔަ ހަފުތާގައި ވެސް ވިދާޅުވި އެވެ. އެހެންވެ ފުލުހުންގެ ފަރާތުން މިހާރު ފެންނަމުންދާ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ އެއްވުމަށް ވެސް ފުލުހުން ހުރަސް އަޅައި ހަތް މީހަކު ހައްޔަރުކުރި އެވެ.

އިދިކއޮޅުން އަންނަނީ "އިންޑިއަާ އައުޓް" ދލިޔެފައިވާ ބެނާތައް ވެސް ިދަމައި، އެ އިބާރާތް ހިމެނޭ ލިޔުންތައް މަގުމައްޗަށް އަޅައި އެކި ތަންތަނުގައި ވެސް އެ އިބާރާތް ލިޔަމުންނެވެ.