Last Updated: April 25, 06:02
Thursday, April 25, 2024
މުނިފޫހިފިލުވުން

ރިއާނާ އަށް ލިބުނީ ފިރިހެން ކުއްޖެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ބާބެޑޯސް އަށް އުފަން 34 އަހަރުގެ ފަންނާނުގެ ބައިވެރިޔަކީ އެމެރިކާގެ ރެޕާ އޭސަޕް ރޮކީ އެވެ. މީޑިއާތަކުން ބުނީ ރިއާނާ ވިހެއީ ލޮސް އެންޖެލިސްގައ ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަދި މިހާރު އަންހެން ވިޔަފާވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ރިއާނާ އަށް އަލަތު ދަރިފުޅު ލިބުނު އިރު، އޭނަގެ "ފެންޓީ" ބްރޭންޑަކީ މިހާރު ވަރަށް މަގުބޫލު ވިޔަފާރީއެކެވެ. މިލްކިއްޔާތު މިހާރު 1.7 ބިލިއަން ޑޮލަރަށް އަރާ ރިއާނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "އެންޓި" އެވެ.

އޭނަ ބައެއް ފިލްމުތަކުގައި އެކްޓް ވެސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ބެޓްލްޝިޕް"، "އޯޝަންސް 8" އަދި "ގޯވާ އައިލޭންޑް" ހިމެނެ އެވެ.