Last Updated: April 23, 21:11
Tuesday, April 23, 2024
މުނިފޫހިފިލުވުން

އާލިއާގެ މަންމަ ކަރިޝްމާގެ ސީރީޒަށް

ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް މިހާރު ކުޅެމުން އަންނަ ވެބް ސީރީޒް "ބްރައުން" ގެ ރޯލަކަށް ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ވެސް ސޮއިކޮށްފި އެވެ.

ކުރީގެ ބަތަލާ ހެލެން ވެސް ކާސްޓްގައި ހިމެނޭ ކަރިޝްމާގެ ސީރީޒަށް ސޯނީ ސޮއިކުރި އިރު، އޭނަގެ ދަރިފުޅުގެ އާލިއާ އަކީ މިހާރު ކަރިޝްމާގެ ފަހަރިއެކެވެ. ކަރިޝްމާއާ ދެބޭންގެ ދެދަރި އެކްޓަރު ރަންބޫރް ކަޕޫރާއި އާލިއާ ކައިވެނިކުރީ މިދިޔަ މަހު އެވެ.

"ބްރައުން" އަކީ "ދިއްލީ ބެލީ" އާއި "ފޯސް 2" ފަދަ ފިލްމުތައް ގެނެސްދިން އަބިނޭ ޑިއޯ ޒީ5 އަށް ޑައިރެކްޓްކުރާ އެއްޗެކެވެ. މީގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މި ކްރައިމް ޑްރާމާ ސީރީޒަކީ ލިޔުންތެރިޔާ އަބީކް ބަރުއާގެ ވާހަކަ "ސިޓީ އޮފް ޑެތު" އަށް ބިނާކޮށް ހަދާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by Soni Razdan (@sonirazdan)

"ބްރައުން" އަށް އެއްބަސްވުމާ ބެހޭ ގޮތުން ސޯނީ ބުނީ މިއީ ވަރަށް ފުރިހަމަ ސްކްރިޕްޓެއް ކަމަށެވެ.

"އަހަންނަށް އެ ނެރޭޓްކޮށް ދިން އިރު ވަރަށް ވެސް ޝައުގުވެރި އެއްޗަކަށްވީ. އަދި ކެރެކްޓާތައް ގެނެސްދީފައި ހުރީ ވަރަށް ފުރިހަމަކޮށް. އެހެންވެ އެއްބަސްވީ." ސަޕޯޓިން ރޯލުތައް ކުޅެމުން އަންނަ ބަތަލާ ބުންޏެވެ.

ޑައިރެކްޓަރު މަހޭޝް ބަޓްގެ އަންހެނުން "ބްރައުން" އަށް މިހާތަނަށް ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކާސްޓާއި ކްރޫ ވަރަށް ރަނގަޅު ކަމަށެވެ.

"ހާއްސަކޮށް ފާހަގަކޮށްލަން ބޭނުން ކަރިޝްމާ އާއި ހެލެން އަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ދެ ކޯ-ސްޓާރުން." ސޯނީ ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކަރިޝްމާ އާ ވެބް ސީރޒެއްގެ މަސައްކަތްކުރަމުން އަންނަ އިރު، ބެލުންތެރިންނަށް އޭނާ އެންމެ ފަހުން ފެނިފައި ވަނީ ވެސް އެފަދަ އުފެއްދުމަކުންނެވެ. އެއީ އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީން 2020 ގައި ގެނެސްދިން "މެންޓަލްހުޑް" އެވެ.