Last Updated: April 25, 08:39
Thursday, April 25, 2024
މުނިފޫހިފިލުވުން

ޝިދާތާގެ ޓިކްޓޮކާ ގުޅިގެން ރައްދެއް!

ކުރީގެ ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް މިދިޔަ ހަފުތާގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއަކުން ފެނިގެން ދިއުމުން އަމާޒުވި ފާޑުކިޔުންތަކެއް އޭނާ ރައްދު ދެއްވައިފި އެވެ.

މި ފަހުން ރާއްޖޭގެ ސިޔާސީ ދާއިރާ އިން ވިދި އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިދާތާ އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާ ފެނިގެން ދިޔަ ޓިކްޓޮކަކީ ކޮންމެހެން ޓިކްޓޮކް ވީޑިއޯތަކެއް ކުޅެން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރައްވަން އެއްވެސް ވަރަކަށް ޝައުވެރި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒުވާން ފަންނާނެއް ކަމަށްވާ މޫސެސް އިޝާން (ކޮކީ) އާ އެކި ފެނިގެން ދިޔަ އެ ވީޑިއޯ އަކީ ކޮއްކޮއެއް ކަހަލަ ގާތް ފަންނާނަކަށް ޑެޑިކޭޓްކުރެއްވި އެއްޗެކެވެ.

"އެހެންވީމަ ދެނެއް އަޅުގަނޑެއް އެފަދަ އެއްޗަކަށް ނުވެސް ފެންނާނެ." ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ފެނިގެން ދިޔަ ވީޑީއޯ އާންމުކުރީ ވެސް ކޮކީގެ ޓިކްޓޮކްގަ އެވެ. އޭގައި ފެންނަނީ ބޭރުގެ ލަވައަކަށް އޭނައާ އެކު ޝިދާތާ "އެކްޓްކުރައްވާ" ތަނެވެ.

@moses_kokky My Sid 💙🤍 Love Youuu 💙🤍 #moseskokky #foryoupage ♬ Isii Nafta (Love You More Than My Life) – Nimco Happy

މީ ވީޑިއޯ އަށް ފާޑުކިޔުންތައް އަމާޒުވުމުން ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ގެ އަންހެނުން ދާތާ ވިދާޅުވީ ދިވެހިން ކުރިއަރަނީ އެއްފަޅިން ކަމަށެވެ. އެގޮތުން ގެންގުޅޭ ފޯނަށް ޒަމާނީ ބަދަލު އަޔަސް މީހުންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް ނާންނަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.