Last Updated: April 24, 19:12
Wednesday, April 24, 2024
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ކަނިކާ ކައިވެނިކޮށްފި

"ބޭބީ ޑޯލް" އާއި "ޗިޓިޔަ ކަލައްޔާ" ފަދަ މަގުބޫލު ލަވަތައް ކިޔާފައިވާ އިންޑިއާގެ ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ކައިވެނިކޮށްފި އެވެ.

ކުރީގެ ކައިވެނި ރޫޅޫނު އިރު ތިން ދަރިން ވެސް ތިބި 43 އަހަރުގެ ފަންނާނު އިއްޔެ ކައިވެނިކުރީ ލަންޑަންގައި ބޭއްވި ކުލަ ގަދަ ހަފުލާއެއްގަ އެވެ.

ކަނިކާގެ މިހާރުގެ ފިރިއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އިންޑިއާ ދަރިކޮޅުގެ ވިޔަފާވެރިއެެއް ކަމަށްވާ ގޯތަމް ހަތިރަމާނީ އެވެ.

މި ދެ މީހުން ކައިވެނިކުރަން އުޅޭ ވާހަކަ މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. ކަނިކާ ކުރިން ކައިވެނިކުރީ ރާޖް ޗަންދޯކް ކިޔާ މީހަކާ އެވެ. އެ ކައިވެނި ދެމިއޮތީ 1997-2012 އަށެވެ. ކަިއވެނި ރޫޅުނު އިރު ކަނިކާ އަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.