Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ފުވައްމުލަކުގައި އަންހެނުންގެ ހޭންޑްބޯލް މުބާރާތެއް

ފުވައްމުލަކުގެ އަންހެނުންނަށް ހާއްސަކޮށްގެން މި އަހަރު ވެސް ހޭންޑްބޯލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އަންނަ މަހުގެ 25 ގައި ފަށާ މި މުބާރާތުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނީ މިއީ އެ ސިޓީގެ އެކި އަވަށްތައް ތަމްސީލުކުރާ ގޮތަށް ކުލަބު ޖަމްއިއްޔާތަކައް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 9 އެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު 6865001 ނަމްބަރުން ލިބޭނެ އެވެ.

ފާއިތުވި ދެ އަހަރު ވެސް ފުވައްމުލަކުގައި އަންހެނުންގެ ވަރަށް ފޯރިގަދަ ހޭންޑްބޯލް މުބާރާތްތަކެއް ބޭއްވި އެވެ.