Last Updated: April 25, 22:42
Friday, April 26, 2024
މުނިފޫހިފިލުވުން

ޑެޕް މިހާރު އުޅެނީ ވަކީލާ "ހިތާވެގެން"؟

ހޮލީވުޑްގެ ތަރި ޖޯނީގެ ޑެޕް ކުރީގެ އަންހެނުން ބަތަލާ އެމްބާޑަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާއާ ދެކޮޅަށް ޑެޕްގެ ފަރާތުން ކުރާ ދައުވާ ކޯޓްގައި މިހާރު ހިނގަމުން އަންނަ އިރު، މި މައްސަލަގަނޑުގެ ތެރެއިން މިހާރު ބޮޑު ސަމާލު ކަމެއް ހުއްޓިފައި ވަނީ ޑެޕްގެ ޒުވާން ވަކީލަށެވެ.އެއީ ކެލިފޯނިއާ އަށް ނިސްބަވްތާ ކެމިލީ ވެސްކްއެޒް، 37، އެވެ.

ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުން އެހުންތަކުގައި ޑެޕް، 58، ގެ ދިފާއުގައި ވަރުގަދަ އަށް ވަކާލާތުކުރާ އިރު، ކެމިލީ މިހާރު ވެފައި ވަނީ މަޝްހޫރު "ސެލެބްރިޓީއަކަށެވެ." އޭނަގެ ނަމުގައި ހޭޝްޓެގް ހަދައިގެން ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރުމާއި ކެމިލީގެ ނަން ޖެހި ޓިޝާޓް ފަދަ އެއްޗެހި މިހާރު ޑެޕްގެ ފޭނުންގެ މެދުގައި ޓްރެންޑަކަށް ވެސް ވެފައިވެ އެވެ.

@cbatogivename All hail Queen Camille 👑 #justiceforjohnnydepp #fyp #deppvheard #johnnydepp ♬ Bundles (feat. Taylor Girlz) – Kayla Nicole

މީގެ ތެރެއިން މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ވަކީލާއި ޑެޕް ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ. މި ވާހަކައެއް ބައެއް މީޑިއާތަކުގައި ދެކެވޭތާ މިހާރު ހަފުތާއަކަށް ވުރެ ވެސް ގިނަ ދުވަސްވެދާނެ އެވެ. ފާރަލާ މީހުން ބުނާ ގޮތުގައި ޑެޕްގެ ދިފާއުގައި ކެމިލީ މަސައްކަތްކުރާ އިރު އޭނަގެ ފަރާތުން މިހާރު ފެންނަ "ބޮޑީ ލޭންގްއޭޖް" އާއި މޫނުމަތިން ފެންނަ "އިހުސާސްތަކުން" ޑެޕަށް ހިތްދެވިގެން އުޅޭހެން ވަރަށް ބޮޑަށް ހީވެ އެވެ. އަދި ބައެއް ހާލަތްތަކުގައި ޑެޕާއި ކެމިލީ އެކީގައި ފެންނަ އިރު، އެ ދެ މީހުންގެ މެދުގައި ވަކީލަކާއި މުވައްކިލަކާ ދެމެދު އޮންނަ ގުޅުމަށް ވުރެ "ގާތް ގުޅުމެއް" ފެންނަ ކަމަށް ވަރަށް ގިނަ ބަޔަކު މިހާރު ދެކެ އެވެ.

އެހެންވެ ޑެޕާ ބެހޭ ގޮތުން މީހާރު ދެކެވެނީ ގެވެށިއަނިޔާގެ ހޫނު މައްސަލަގަނޑުގެ ތެރެއިން އަނެއްކާ ވެސް އާ ގުޅުމެއް އަނެއްކާ ވެސް ފައްކާކުރަން ފެށީ ކަމަށެވެ. މިކަމުގައި އޮތީ ކިހާ ވަރެއްގެ ހަގީގަތެއް ކަމަށް މުޅިއަކުން ސާފެއް ނުވެ އެވެ. ޑެޕާއި ވަކީލު ރައްޓެހިވެހެން އުޅޭ ކަމަށް ވާހަކަ ދެވެން ފެށުމުން އެކަން ގަބޫލުކުރަން ވެސް ދަތިވެގެން ބައެއް މީހުން އުޅެ އެވެ. އަދި އޭގައި ހަގީގަތެއް ނެތް ކަމަށް ބުނެ މީޑިއާތަކާ ވާހަކަ ދެއްކި ޑެޕް ދަންނަ މީހުން ވެސް މަދެއް ނޫނެވެ.

ވަރަށް އުންމީދީ ވަކީލެއްގެ ގޮތުގައި މިހާރު ކުރިއަރަމުން އަންނަ ކެމިލީ، ޑެޕްގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ވެސް އޭނަ އަކީ އެ މައްސަލައާ ހަވާލުވެފައިވާ ލޯ ފާމް، ބްރައުން ރަޑްނިކްގައި މަސައްކަތްކުރާތާ ހަތަރު އަހަރެއްހާ ދުވަސްވީ މީހެކެވެ. ކެމިލީ އަކީ ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާ (ޔޫސީއެލްއޭ) އިން 2006 ގައި ގްރެޖްއޭޓްވުމަށް ފަހު، ލޮސް އެންޖެލިސްގެ ސަދަންވެސްޓާން ލޯ ސްކޫލުން 2010 ގައި ގްރެޖްއޭޓްވެފައިވާ މީހެކެވެ.

ސެން ފްރަންސިސްކޯ އަށް އުފަން ކެމިލީގެ މައިންބަފައިން ނިސްބަތް ވަނީ ކިއުބާ އާއި ކޮލަމްބިއާއަށެވެ.

އޭނައާ އާއި ޑެޕް އަޅުވާކިޔުމުގެ އަޑުތައް ގަދަވަމުން އަންނަ އިރު ޑެޕަކީ ދެ ކައިވެންޏެއްކޮށްފައިވާ މީހެކެވެ. އޭނަ އާއި ހާޑް 2015 ގައި ކުރި ކައިވެނި ރަސްމީކޮށް ރޫޅައިލީ 2017 ގަ އެވެ. އޭގެ ކުރިން ޑެޕް ކައިވެނިކުރީ ލޯރީ އޭން އެލިސަންއާ އެވެ. އެ ކައިވެނި ދެމިއޮތީ 1983-1985 އަށެވެ.