Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ހިތަދޫގައި އަޅާ ފްލެޓްތަކުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑް ހުށައަޅަން ހުޅުވާލި މުއްދަތު މި މަހުގެ 26 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްގެ ޕްރޮގުރާމްގެ ދަށުން އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ހައުސިން ޔުނިޓްތަކެއް އަޅާދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ މާރޗް މަހުގެ 24 ގައި އެވެ. އެ އިއުލާނާ ގުޅިގެން ބިޑް ހުށައެޅުމަށް މި މަހުގެ 10 ވަނަ ދުވަށް އޮތް ނަމަވެސް މިހާރު އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ހިތަދޫގައި މި ފްލެޓްތައް އަޅަން ހަމަޖެހިފައިވަނީ ހިތަދޫ ބޭރުމަތި ދާއިރާގަ އެވެ. މި ސަރުކާރުން އައްޑޫގައި އަޅާ ފުރަތަމަ ފްލެޓްތައް އެ ސަރައްދުގައި އެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކުރީ މިދިޔަ މާރޗްމަހު އެވެ. އެ ސަރައްދުގައި ފްލެޓްތައް އެޅުމަށް ކައުންސިލަށް ހުށައެެޅުއްވި ހިތަދޫ ބޭރުމަތި ދާއިރާގެ ކައުންސިލަރ މަރިޔަމް ސައީދާ ވިދާޅުވީ އެ ސަރައްދުގައި ފްލެޓްތައް އަޅަން ހަމަޖެއްސީ އެ ސަރައްހައްދަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިނގަމުންދާ ސަރަހައްދަކަށްވުމުން ކަމަށެވެ.

"ރައްޔިތުންނަށް ނިހާޔަތައް ބޯހިޔާހިކަމަށް ބޭނުންވެފައިވަނިކޮށް އަޅުގަނޑުގެ ދާއިރާގައި ހިތަދޫ ބޭރުމަތި ދާއިރާގައި،ކުރިއަށްގެންދާކަން ޝުކުރު ވެރިކަމާއެކު ފާހަގަކުރަން،" މަރިޔަމް ސައީދާ ވިދާޅުވިއެވެ.