Last Updated: July 12, 11:54
Sunday, July 12, 2026
ވިޔަފާރި

ޓިކްޓޮކަށް "ލައިވް ސަބްސްކްރިޕްޝަން"

ކްރިއޭޓަރުންނާ އެކު އޮންނަ ގުޅުން ވަރުގަދަކޮށް ދިނުމުގެ ގޮތުން ޓިކްޓޮކަށް "ލައިވް ސަބްސްކްރިޕްޝަން" ގެ ނަމުގައި އާ ޕްރޮގްރާމެއް ލޯންޗްކުރަން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު ލޯންޗްކުރާ "ލައިވް ސަބްސްކްރިޕްޝަން" އަކީ ފީއެއް ދައްކައިގެން ކްރިއޭޓަރުންނާ އޮންނަ ގުޅުން ވަރުގަދަކޮށް، ހާއްސަ އިނާޔަތްތަކެއް ވެސް ލިބިގެން ދާނެ ހިދުމަތެކެވެ. މިކަން އިއުލާންކޮށް ޓިކްޓޮކުން ބުނީ ބުރާސްފަތި ދުވަހު އެ ލޯންޗްކުރާނީ ބީޓާގައި ކަމަށެވެ.

@tiktoklive_creator Welcome to LIVE subscription – connect with your community on a whole new level! #LIVESubs #TikTokLIVE ♬ original sound – TikTok LIVE Creator

މިކަމާ ގުޅިގެން ކްރިއޭޓަރުން ބުނެފައި ވަނީ މިއީ އަނެއްކާ ވެސް އެ މީހުންނަށް އާމްދަނީ ހޯދަން ހުޅުވޭ އިތުރު ދޮރެއް ކަމަށާއި "ލައިވް ސަބަސްކްރިޕްޝަން" އަކީ ވަރަށް ބޭނުންތެރި ކަމަކަށް ވެގެން ދާނެ ކަމަށެވެ. އެކަމަކު އަދި އެއިން ނަގާނެ ފީގެ އަގެއް ހާމައެއްނުކުރެ އެވެ.

ޓިކްޓޮކުން ތައާރަފުކުރާ "ލައިވް ސަބްސްކްރިޕްޝަން" އާ ދާދި އެއް ކަހަލަ ހިދުމަތް ޓްވިޗް އިން ވެސް ތައާރަފުކޮށްފައިވެ އެވެ. އޭގެ މަހު ފީ ފެށެނީ 4.99 ޑޮލަރުންނެވެ.