Last Updated: April 27, 09:06
Saturday, April 27, 2024
ޚަބަރު

ރާއްޖެ-މުމްބާއީ ދަތުރުތައް ކޮންމެ ދުވަހަކު ބާއްވަނީ

އިންޑިއާގެ އެއާ ވިސްޓާރާ އިން ރާއްޖެ އާއި އިންޑިއާގެ މުމްބާއީ އާއި ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަން ފަށައިފި އެވެ.

އެއާ ވިސްޓާރާ އިން މުމްބާއީ އާއި ރާއްޖެއާ ދެމެދު އެންމެ ފުރަތަމަ ދަތުރުތައް ފެށީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ އެއާ ބަބުލް އެގްރިމެންޓުގެ ދަށުންނެވެ. އޭރު އެ އެއާލައިނުން ދިޔައީ ހަފްތާއަކު ތިން ދުވަހު ރާއްޖެ އަށް ފްލައިޓްތައް އޮޕަރޭޓް ކުރަމުންނެވެ.

އެއާ ވިސްޓާރާ އަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި، ސިންގަޕޯ އެއާލައިންސް ހިއްސާވެގެން އުފައްދާފައިވާ އެއާލައިނެކެވެ.

މިއީ ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓް ކުރާ އިންޑިއާގެ ހަތަރު ވަނަ އެއާލައިން އެވެ.