Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

"ހަކަތަރި" ލޭބަލްގެ ބައިވެރިއަކަށް އެމްއައިބީ

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) "ހަކަތަރި ފައިނޭންސިން ސްކީމް" އާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ އެއްބަސްވުމުގައި ސޮއިކުރެއްވިމަށް ގަހު އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ މި ސްކީމްގެ ދަށުން ފައިނޭންސް އެމްއައިބީ މެދުވެރިކޮށް ފައިނޭންސް ދޫކުރާނީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ލޭބަލްގެ ތަކެތި ދޫކުރުމަށް ކަމަށެވެ.

"ހަކަތަރި" ލޭބަލް އެންމެ ފުރަތަމަ ޖަހަން ފަށާފައި ވަނީ ރާއްޖެ އަށް އެތެރެކޮށް ވިއްކާ ފްރިޖާއި، ދޮންނަމެޝިނާއި އަދި ދޮންނަމެޝުނުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ލޭބަލް ދޫކުރި ކުންފުންޏަކީ އެސްޓީއޯ އެވެ. ލޭބަލް ޖެހުމަށް ހުއްދަ ދެވިފައިވާ ތަކެތި ވިއްކުމުގެ ކުރިން އެ ތަކެތީގައި ލޭބަލް ހަރުކުރަން ޖެހޭނެއެވެ. އަދި މިއީ އެ ތަކެތީގެ ފެންވަރު ވެސް އަންގައިދޭ އަދި ތިމާވެއްޓާ ވެސް ރައްޓެހި އުފެއްދުމެއްކަން ހާމަކޮށްދޭނެ ލޭބަލެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން "ހަކަތަރި" ޕްރޮގްރާމު އެކުލަވާލީ ގްލންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާ އެކީގަ އެވެ. އެެގޮތުން ޖެފްގެ ހިލޭ އެހީ އެމްއައިބީއާ ހަވާލުކުރަން ނިންމީ 12.8 މިލިއަން ރުފިޔާ ގެރެންޓީއެއްގެ ގޮތުގައި ބެހެއްޓުމަށް ކަމަށެވެ. އަދި ޖުމްލަ 15.3 މިލިއަން ރުފިޔާއާ ހަމައަށް އެމްއައިބީގެ ފައިނޭންސް ސްކީމްއިން ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކަކީ އެނަޖީ އެފިޝަންޓު ތަކެތިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ހަކަތަރި ޕްރޮގްރާމު އެކުލަވާލާފައި ވަނީ ޖެފްގެ އެހީއާ އެކު އދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމާ ގުޅިގެން ހިންގަމުން އަންނަ "ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުންނެވެ.

މީގެ މައިގަނޑު މަގުސަދަކީ، އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް މަދުކޮށް އެ ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިކޮށް ބޭނުންކުރުން އިތުރުކުރުމެވެ.