Last Updated: April 26, 23:00
Friday, April 26, 2024
މުނިފޫހިފިލުވުން

ރަންވީރު ގޮސް ޖައްސާލީ ދީޕިކާގެ އުނގުގައި!

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އަކީ މިހާރު އިންޑަސްޓްރީގެ އެންމެ ލޯބި އެއް ޖޯޑެވެ. މި ދެ ތަރިންގެ ގުޅުން ވަރަށް ސާދާވެފައި އެހާމެ ލޯތްބެވެ. ދީޕިކާ މި ވަގުތު ކާންސްގެ ޖޫރީއެއްގެ ގޮތުގައި ބައިވެރިވަމުން އަންނަ އިރި، ރަންވީރު ވަނީ ފްރާންސަށް ކުރު ދަތުރެއްކޮށް، އަންހެނުންނާ ބައްދަލުކޮށްލައި، ވަރަށް އުފާވެރި މަޖާ ވަގުތިކޮޅެއް ވެސް ހޭދަކޮށްފަ އެވެ.

ރަންވީރުގެ އެ ދަތުރުގެ ނެގި ސަކަރާތްގަނޑުގެ ތެރެއިން ވީޑިއޯއެއް ދީޕިކާގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އޭގައި ފެންނަނީ އިވެންޓަކަށް ދީޕިކާ ތައްޔާރުވާން ޓީމާ އެކު މޭކަޕް ރޫމެއްގެ ތެރޭގައި އިނދެ، އޭގެ ކުރީގެ 48 ގަޑިއިރުގެ ތެރޭގައި އޭނާ ތެޅުވި ތެޅުވުމުގެ ވާހަކަ ހިއްސާކޮށްފަ އެވެ. ދެން ފެންނަނީ ބޮޑު ސިންގާ ޓްވިކްސް ޗޮކްލެޓެއް ލިބުމުން ދީޕިކާ އެ ހަދިޔާ އަކީ ފާއިތުވި 10 އަހަރު ލިބުނު އެންމެ ސަޅި ހަދިޔާ ކަމަށް ބުނާ ތަނާއި ޗޮކްލެޓް ޓީމަށް ބަހާ ތަނެވެ.

އެ ހިސާބުން ދެން ވީޑިއޯގައި ދައްކަނީ ޓީޝާޓަކާއި ސޯޓެއް ލައިގެން އިން ރަންވީރެވެ. ދެން ފެންނަނީ އޭނާ ގޮސް ދީޕިކާގެ އުނގުގައި އިށީންނަ ތަނެވެ. އެ ހިސާބުން ދީޕިކާ ބުނަނީ މިއީ "ތިމަންނަގެ ޓްރޮފީ" އޭ ބުނާ ތަނެވެ. ދެން ރަންވީރު ބުނަނީ "ދީޕިކާގެ އަސްލު ހަދިޔާ އަކީ ތިމަންނަ" ކަމަށެވެ.

މި ދެ ތަރިން ކައިވެނިކުރީ 2018 ގަ އެވެ.