Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ނިޔާވި ސިފައިންގެ މީހެއްގެ ހަނދާނުގައި ހިނަވާގެއެއް

އިންޑިއާގައި ތަމްރީނުތަކެއް ހަދަނިކޮށް މިދިޔަ އަހަރު ނިޔާވި ސިފައިންގެ މީހާ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ހަނދާނުގައި އޭނަގެ އާއިލާ އިން އއ. ހިމަންދޫގައި ހިނަވާގެއެއް އަޅައިފި އެވެ.

އެތަނުގެ މަސައްކަތް ނިންމައި އާއިލާ އިން އިއްޔެ ވަނީ ހިނަވާގޭގެ ތަޅުގަނޑު ވެސް ކައުންސިލާ ހަވާލުކޮށްފަ އެވެ. މި ހިނަވާގޭގެ ވާހަކަ ހިމަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ސުލްތާން ކުއްލި ގޮތަކަށް މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ގަ އެވެ. އޭރު އޭނަ ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި އޮފިސަ ކެޑޭޓް ކޯހުގެ ފުރަތަމަ އަހަރުގެ ދެވަނަ ޓާމުގެ ފިޒިކަލް އެންމެ ފަހުގެ ތަމްރީނުތައް ހަދަމުންނެވެ.
ސުލްތާން ސިފައިންގެ ވަޒީފާ އަށް ވަނީ އެޕްރީލް 18، 2018 ގަ އެވެ.

އޭނަ އަކީ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކޮށްފައިވާ އަދި ހިމަންދޫ ކަތީބުކަން ކުރައްވާފައިވާ އިބްރާހިމް ޢަބްދުއްރަޙްމާންގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ.